English Edition
Dhivehi Edition
އޭޑީކޭ ހޮސްޕިޓަލް - ފޮޓޯ: ޕިންޓްރެސްޓް

ކ. އަތޮޅުގެ ރިސޯޓެއްގެ ޕޫލަކަށް ވެއްޓި ގެނބުމުގެ ސަބަބުން، ދެ އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ދެ އަހަރުގެ ފިރިހެން ކުއްޖަކު، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ. އަދި މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.