English Edition
Dhivehi Edition
ފިތުރު އީދުގެ އުފަލުގައި އުރީދޫން މާލެ އާއި ހުޅުމާލޭގައި އީދު ސައިގެ ހަރަކާތް ބާއްވައިފިއެވެ. މިއީ ކޮންމެ އަހަރަކު ވެސް އީދު ނަމާދަށް ފަހު، އާއިލާތަކާއި ރައްޓެހިންނާ އެކު އީދުގެ އުފާ ފާޅުކުރުމުގެ ފުރުސަތު ދިނުމަށް އެ ކުންފުނިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މާލޭގައި އީދު ސައި ކުރިއަށް ގެންދިޔައީ ކިންގް ސަލްމާން މިސްކިތް ކައިރީގައެވެ. އަދި ހުޅުމާލޭގައި މި ހަރަކާތް ބާއްވާފައި ވަނީ މަސްޖިދުލް ސާނީ މިސްކިތް ކައިރީގައެވެ. އުރީދޫން ބުންޏެވެ. މި ހަރަކާތަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މި ހަރަކާތުގެ ތެރެއިން އީދު ނަމާދުން ފޭބި ގިނަ އަދަދެއްގެ މީހުން ވަނީ އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި މާހައުލެއްގައި ހެނދުނުގެ ނާސްތާ ކޮށްފައެވެ. މިއީ އިޖުތިމާއީ ގުޅުން ބަދަހިކުރުމަށާއި އީދުގެ އުފާވެރިކަން އެންމެންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތެކެވެ.

މާލެ ސަރަހައްދުގެ އިތުރުން، އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ވެސް މިއަދު އީދު ހަދިޔާ ބެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ކަމަށް އުރީދޫން ބުންޏެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އީދު ހަދިޔާ ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ ކަމެކެވެ.

އުރީދޫން ކޮންމެ އަހަރަކު ވެސް އީދާ ގުޅުވައިގެން ތަފާތު ހަރަކާތްތައް ބާއްވައެވެ. މީގެ ތެރެއިން އީދު ސަޔަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ، އަދި ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށްދާ ހަރަކާތެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

ޓެގު