English Edition
Dhivehi Edition
އުރީދޫ މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މަގުބޫލު ގޭމިން އެކްސްޕީރިއަންސް، “ކަރާ ފެޅުން” ގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި، އުރީދޫ އިން މި ގޭމްގެ މުއްދަތު ދަންމާލާފައިވާއިރު، މިއީ ގިނަ ބަޔަކަށް އިނާމުތައް ހޯދުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

މި ބަދަލާއެކު، 100,000 ރުފިޔާގެ އަގުހުރި ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް ހުޅުވާލާފައެވެ. މި ބަންޑަލްގައި އެންމެ ފަހުގެ 2 ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އަދި އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި ތަކެތި ހިމެނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް ކުޅޭ މި ގޭމަކީ ރޯދަ މަހު ވަރަށް ގިނަ ބަޔަކު ބައިވެރިވާ މަޖާ އަދި ވާދަވެރި ހަރަކާތެކެވެ.

އުރީދޫ މޯލްޑިވްސްގެ ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ގޭމްގެ މުއްދަތު އިތުރުކޮށް، ގްރޭންޑް ޕްރައިޒް ހުރިހާ ޓީމަކަށް ހުޅުވާލީ ބައިވެރިވާ އެންމެނަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި މި ހަރަކާތަކީ ޑިޖިޓަލް ތަޖުރިބާތައް މެދުވެރިކޮށް ކަސްޓަމަރުން ގުޅުވައިދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ގްރޭންޑް ޕްރައިޒްގެ އިތުރުން، ދުވަހުން ދުވަހަށް ލިބޭ ޑޭޓާ ޕެކްތަކާއި ފައިސާގެ އިނާމުތައް ވެސް މި ހަރަކާތުގެ ތެރެއިން ލިބޭނެއެވެ.

ޓެގު