English Edition
Dhivehi Edition
މާލެސިޓީ

މި އަހަރުގެ ފިތުރު އީދު ނަމާދަށް މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ކަމަށެވެ. އެގޮތުން ޓްރެފިކް ފްލޯއަށް ބަދަލުގެންނަން ނިންމާފައިވަނީ އިސްލާމީ މަރުކަޒާ ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދަށެވެ.

https://x.com/PoliceMv/status/2034267747077541921/photo/1

ފުލުހުން އާންމުކޮށްފައިވާ ޗާޓުގައި ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުޅަނދުތައް، ނެގުމަށް ފުލުހުން އިލްތިމާސްކޮށްފައިވާއިރު މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަހަރު މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރަން ވަނީ ނިންމާފައެވެ. އެގޮތުން މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގެ އިތުރުން ވިލިމާލޭގަވެސް ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުުރުން. މާލެ ސަރަހައްދުގެ ޖުމްލަ 24 މިސްކިތެއްގައި އީދު ނަމާދު ކުރާނެއެވެ.