English Edition
Dhivehi Edition
އުރީދޫ މޯލްޑިވްސްގެ މައި އޮފީސް / ފޮޓޯ: ރައީސް އޮފީސް

އެލް މޮބައިލްއިން އަލަށް ހުޅުވި އެޕަލް މޮނޯ ސްޓޯރުން އެޕަލް ވޮޗް ގަންނަ މީހުންނަށް ހަ މަސް ދުވަހުގެ މުއްދަތަށް ހިލޭ އީ-ސިމްގެ ހިދުމަތް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެލް މޮބައިލްގެ އެޕަލް މޮނޯ ސްޓޯރުން އުރީދޫގެ ހިދުމަތްތަކާ ގުޅޭ އެޕަލް ވޮޗް މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް، އިތުރު އަގަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ ހަ މަސް ދުވަހުގެ ހިލޭ ހިދުމަތަށް ފަހު، މި ހިދުމަތަށް ދައްކަން ޖެހޭނީ 199ރ. ކަމަށެވެ. މި ޕްރޮމޯޝަން ހާއްސަ ކޮށްފައި ވަނީ މަޖީދީ މަގުގައި ހުންނަ އެލް މޮބައިލްގެ އެލް ސްޓޫޑިއޯ ފިހާރަ، އެޕަލް މޮނޯ ސްޓޯރުން ގަންނަ އެޕަލް ވޮޗްތަކަށެވެ.

މި ހިދުމަތުގެ ސަބަބުން އައިފޯނު ކައިރީގައި ނެތް ނަމަވެސް، އެޕަލް ވޮޗް މެދުވެރިކޮށް ފޯނު ކުރުމާއި މެސެޖު ފޮނުވުމާއި މިއުޒިކް އަޑުއެހުމާއި ނޮޓިފިކޭޝަންތައް ލިބުމުގެ އިތުރުން އެޕްތައް ބޭނުންކުރެވޭނެ އެވެ. މިއީ ކަސްރަތު ކުރުން ފަދަ އެކި ކަންތައްތަކުގައި ފޯނާ ދުރުގައި ތިބޭ ވަގުތުތަކުގައި ވެސް ފަސޭހައިން މުވާސަލާތުކުރުމަށް އެހީވެދޭނެ ހިދުމަތެއް ކަމުގައި އުރީދޫއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި އެޕަލްގެ ވޭރަބަލް ކަނެކްޓިވިޓީ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ އެވެ. އަދި އުރީދޫ ގްރޫޕުގެ ތެރެއިން އެޕަލް ވޮޗްގެ ޒަމާނީ އީ-ސިމް ހިދުމަތް ތައާރަފުކުރި ތިން ގައުމުގެ ތެރޭގައި އުރީދޫ މޯލްޑިވްސް ހިމެނެއެވެ.