English Edition
Dhivehi Edition
ޝެރީނާ ސާލިހް

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ޝެރީނާ ސާލިހް މިއަދު އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމަށް ސ. ހިތަދޫ، ވެލްކަމްވިލާ، ޝެރީނާ ސާލިހް އައްޔަންކޮށްފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.

އޭއައިއޭގެ ބޯޑަށް އައްޔަންކުރި ޝެރީނާއަކީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ ބޭރުމަތި ދާއިރާގެ ގޮނޑިއަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓެވެ. އެހެންނަމަވެސް އެ އިންތިހާބުގައި އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެ ފަހަރުގެ އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.

އައްޑޫ އެއާޕޯޓް ކުންފުނީގެ ބޯޑަށް އާ މެންބަރަކު އައްޔަންކޮށްފައިވާއިރު، ސަރުކާރުން ދަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދަމުންނެވެ. އޭއައިއޭ ބޯޑަކީ އެއާޕޯޓުގެ ހިންގުމާއި ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ފަރާތެވެ. ޕީސީބީގެ އޮފީހުން ބުނީ ކުންފުނިތަކުގެ ބޯޑުތައް ހަރުދަނާކުރުމަށްޓަކައި ގާބިލު ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް އަބަދުވެސް ކުރިއަށްދާނެ ކަމަށެވެ.