އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގައި، އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހަމަނާއީ އަވަހާރަކޮށްލާފައިވާކަން އިރާނުން ޔަގީންކޮށްދީފިއެވެ.
ހާމަނާއީ އަވަހާރަޮށްލާފައިވާ ކަމަށް އެމެރިކާ އާއި އިޒްރޭލުން އިއުލާނުކުރި ނަމަވެސް އީރާނުން ބުނަމުން ދިޔައީ އެއީ ދޮގެއް ކަމަށެވެ.
އެހެންނަމަވެސް މިއަދު އީރާނުގެ ސަރުކާރުގެ މިޑިއާއިން މިއަދު ބުނީ، ހާމަނާއީގެ އިތުރުން ދަރިކަނބަލުންނާއި ދަނބިދަރިކަލުންނާއި ކާފަ ދަރިފުޅަކުވެސް އަވަހާރަވެފައި ވާ ކަމަށެވެ. މީގެ އިތުރުން އަވަހާރަވި ބޭފުޅުންގެ ތެރޭގައި ހާމަނާއީގެ އިސް މުޝީރު އަދި ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ އަލީ ޝަމްކާނީ އާއި އައިއާރުޖީސީގެ އިސްވެރިޔާ މުހައްމަދު ޕަކްޕޫރުވެސް އަވަހާރަވެފައިވާކަމަށް އިރާނުން ވަނީ ބުނެފައެވެ.
އީރާންގެ ގައުމީ ޓީވީން ބުނި ގޮތުގައި އީރާން ހިންގުން މިހާރު ވަނީ ރައީސް މަހްމޫދު ޕެޚެޝްކިއަން އާއި އިތުރު ދެ އޮފިޝަލަކު ހިމެނޭ ވަގުތީ ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ.