English Edition
Dhivehi Edition

އުރީދޫން ރޯދަ މަހާ ގުޅުވައިގެން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރޭގަނޑު 9 އިން 1 އަށް އަންލިމިޓެޑް ޑޭޓާ ލިބޭ ހާއްސަ އޮފާއެއް ތައާރަފުކޮށްފިއެވެ. މި އޮފާ ފަށަނީ އެންމެ 50 ރުފިޔާއިންނެވެ.

މި އޮފާގެ މައިގަނޑު ބޭނުމަކީ ރޯދަ މަހުގެ ރޭގަނޑުގެ ވަގުތުތަކުގައި ކަސްޓަމަރުންނަށް އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށް ފަސޭހަކޮށްދިނުމެވެ. މީގެ އިތުރުން ސްޓްރީމް ކުރުމަށާއި، ގޭމް ކުޅުމަށާއި، ސޯޝަލް މީޑިއާ ބޭނުންކުރުމަށް މި އޮފާގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މި އަންލިމިޓެޑް ނައިޓް ޑޭޓާ ލިބެނީ އުރީދޫ ސުޕާއެޕް މެދުވެރިކޮށް ނަގާ ވަކި ޕެކޭޖުތަކަކުންނެވެ. އޭގެ ތެރޭގައި ޑޭޓާ ޕެކްތަކާއި، އާޗާ ދަން ދަން ޕެކްތަކުގެ އިތުރުން އޯލް-އިން-ވަން ޕެކްތަކުން ހޮވާލެވޭ ޕެކޭޖުތައް ހިމެނެއެވެ. މިއީ އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭނެ ގޮތަށް ތައްޔާރުކޮށްފައިވާ އަގުހެޔޮ ޕެކޭޖުތަކެކެވެ.

މި އޮފާ ލިބޭ ޕެކޭޖުތަކުގެ ތެރޭގައި 50 ރުފިޔާގެ ޑެއިލީ ޑޭޓާ ޕެކާއި، 200 ރުފިޔާ އާއި 500 ރުފިޔާގެ ޑޭޓާ ޕެކްތައް ހިމެނެއެވެ. އަދި އޯލް އިން ވަންގެ 650، 850 އަދި 1200 ރުފިޔާގެ ޕެކޭޖުތަކާއި، އާޗާ ދަން ދަންގެ 500، 600 އަދި 750 ރުފިޔާގެ ޕެކޭޖުތަކުން ވެސް މި ހިދުމަތް ލިބޭނެއެވެ. ކަސްޓަމަރުންނަށް މި ޕެކޭޖުތައް ވަރަށް ފަސޭހައިން އުރީދޫ ސުޕާއެޕުން އެކްޓިވޭޓް ކުރެވޭނެއެވެ.

ޓެގު