English Edition
Dhivehi Edition
ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކުރުން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ވާދަކުރީ، އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މެޗު ފެށުމުގެ ކުރިން ރައީސް ވަނީ ދެ ޓީމާއި، މެޗުގެ އޮފިޝަލުންނާ ސަލާމްކުރައްވާފައެވެ.

ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެންޖެހުނު މިމެޗު، 5-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސްވަނީ، ޗެމްޕިއަން ޓީމަށް، ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

ޕްރެޒިޑެންޓްސް ކަޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ، މީގެ 80 އަހަރު ކުރިން، 1946 ވަނަ އަހަރުގައެވެ.