English Edition
Dhivehi Edition

ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވު މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 301.4 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން ރާއްޖެ މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭގެ އޮފީހުން ބުނީ، މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ބޭނުންކުރެވޭ ރިޒާވަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ޖުމްލަ ރިޒާވު މިހާރު ވަނީ 1.03 ބިލިއަން ޑޮލަރަށް އަރާފައެވެ. މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 983.04 މިލިއަން ޑޮލަރެވެ. މިއީ ޖުމްލަ ރިޒާވަށް އައި 4 ޕަސަންޓުގެ ކުރިއެރުމެކެވެ. ރަސްމީ ރިޒާވްގެ އިތުރުން ބޭނުންކުރެވޭ ރިޒާވްވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އިތުރުވެފައެވެ.

މިދިޔަ އަހަރު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 244.1 މިލިއަން ޑޮލަރެވެ. ނަމަވެސް ޖެނުއަރީ މަސް ނިމުނުއިރު މި އަދަދު 301.4 މިލިއަން ޑޮލަރަށް މަތިވުމަކީ 25 ޕަސަންޓުގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ވަރުގަދަވަމުން އަންނަކަން ހާމަކޮށްދޭ ކަމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.