English Edition
Dhivehi Edition

އީކުއޭޓަރ އައްޑޫ އިންޓަނޭޝަނަލް މެރެތަންގައި ރާއްޖެއިން ބޭރުން ބައިވެރިވާ އެތުލީޓުން މާދަމާއިން ފެށިގެން ރާއްޖެ އަންނަން ފަށާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

ރަނާސް މޯލްޑިވްސްގެ ރައީސް ނަސީރު އިސްމާމާއިލް ވިދާޅުވީ ކެންޔާ ފަދަ ބައެއް ގައުމުތަކުން އަންނަ މީހުންގެ ތެރެއިން ބައެއް މީހުން މާދަމާ ރާއްޖެ އަންނާނެ ކަމަށެވެ. އެމީހުން އަންނާނީ ލަންކާ މަގުން ކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ދުވުމުގައި ބައިވެރިވުމަށް 1300 އަށްވުރެގިނަ މީހުން ނަންނޯޓު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ އެންމެން މި ދުވުމުގައި ބައިވެރިވާނެ ކަމެއް އަދި ޔަގީން ނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދުވުމުގައި ބައިވެރިވުމަށް ބޭރުގެ ތަފާތު ގައުމުތަކުގެ 48 އެތުލީޓަކަށް ރަނާސް މޯލްޑިވްސްއިންވަނީ ދައުވަތު ދީފައެވެ.

ނަސީރު ވިދާޅުވީ މި ދުވުން ޕީއެސްއެމްއިން ލައިވްކުރާ ގޮތަށް މިހާރުވަނީ ހަމަޖެހިފައި ކަމަށެވެ. “ޕީއެސްއެމްއިން މި ދުވުން އެއްކޮށް ލައިވްކުރާ ގޮތަށްވަނީ ހަމަޖެހިފައި. އިންވެންޓް ފަށާނީ ފެބުރުއަރީ ދެވަނަ ދުވަހު ހަވީރު 4:00 ގައި،” ނަސީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަނާސް މޯލްޑިވްސްގެ ފަރާތުން މިހާރު ގެންދަނީ މި ދުވުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން ކަމަށެވެ.