English Edition
Dhivehi Edition
އަލް މަރްޙޫމް ޝައިޚް އިބުރާހީމް ފަރީދު

މަޝްހޫރު ދީނީ އިލްމުވެރިޔާ، އަލް މަރްޙޫމް ޝެއިޚް އިބްރާހިމް ފަރީދު (رَحِمَهُ ٱللَّٰهُ)ގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެތަނަށް އެހީ ދިނުމަށް ޚިދުމަތް ޖަމިއްޔާއިން ފުރުސަތު ހުޅުވާލައިފިއެވެ.

ޚިދުމަތް ޖަމްޢިއްޔާއިން ބުނީ އެ މިސްކިތް އަޅަނީ، ހުޅުމާލެ ތިން ވަނަ ފިޔަވަހީގައެވެ. އެއީ، 2،500 މީހުންނަށް ނަމާދު ކުރެވޭހެން އިމާރާތް ކުރާ ދެ ބުރީގެ މިސްކިތެކެވެ.

ޚިދުމަތް ޖަމިއްޔާއިން ބުނީ، މިސްކިތުގެ އެތެރެ ފަރުމާކުރާނީ މަލްޓި ޕާޕަސް ހޯލެއް ހިމެނޭ ގޮތަށް ދީނީ އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ.

އޭގެތެރޭގައި ޤުރުއާން ކުލާސްތަކާއި ޙިފްޒު ކްލާސްތަކާއި ދީނީ ސެމިނާތަކާއި މުހިންމު ބައްދަލުވުންތަކާއި ޤުރުއާން މުބާރާތްތަކާއި މަދަޙަ މުބާރާތްތައް ބޭއްވޭނެ ފަދަ ފުރިހަމަ އިންތިޒާމުތައް ހިމެނެއެވެ. އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއެކު، އެ ޖަމިއްޔާއިން އެމްއޯޔޫގައި ސޮއިކުރުމަށް ގާތްވެފައިވާ ކަމަށް ޚިދުމަތް ޖަމިއްޔާއިން ބުންޏެވެ.

އެހެންވެ، އެ މިސްކިތުގެ މަސައްކަތް ނިންމުމަށްޓަކައި، ދީނަށް ލޯބިކުރާ އެންމެހާ ދިވެހި ރައްޔިތުންނަށް ޚިދުމަތް ޖަމިއްޔާގެ “މިސްކިތު ފަންޑު” ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އަލުން ހުޅުވާލާފައެވެ.

އެހީތެރިވުމަށް ފައިސާ ޓްރާންސްފާ ކުރަން އެދޭ އެކައުންޓް ނަމްބަރު: 7770000141496 (ދިވެހި ރުފިޔާ)

ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ މިދިޔަ ޖޫން ނުވައެއްގައި މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. މެލޭޝިއާއަށް ފަރީދު ވަޑައިގަތީ އިސްލާމީ ދައުވަތާ ގުޅުންހުރި ކޮންފަރެންސެއްްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޝެއިޚް ފަރީދުގެ ޖަނާޒާ ބާއްވާފައި ވަނީ، މެލޭޝިއާގައި ކަމަށްވީ ނަމަވެސް، ރާއްޖޭގައި ވެސް ވަނީ، ޣައިބަށް ކަށުނަމާދު ކޮށްފައެވެ.