English Edition
Dhivehi Edition

އަންނަ ފެބުރުއަރީ ދެވަނަ ދުވަހު އައްޑޫސިޓީގައި ބާއްވާ “އައްޑޫ އިންޓަރނޭޝަނަލް މެރަތަން” ގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ދުވަހަކީ މިއަދު ކަމަށް ރަނާސް މޯލްޑިވްސް އިން ބުނެފިއެވެ.

މެރެތަން ބާއްވާ ރަނާސް މޯލްޑިވްސްއިން ބުނީ ފައިނަލް ރަޖިސްޓްރޭޝަންގެ ކަންތައް މިރޭ 11:00 ވަންދެން ހިތަދޫ ޔޫތު ސެންޓަރުގައި ކުރިއަށް ދާނެ ކަމަށެވެ. ހެނދުނު 10:00 އިން 6:00 އަދި ރޭގަނޑު 8:30 އިން 11:00 އަށް ރަޖިސްޓްރޭޝަން ކުރިއަށް ދާނެއެވެ.

މެރެތަން އާއި ގުޅިގެން ބާއްވާ އެކްސްޕޯ ކުރިއަށް ދާނީ ޖެނުއަރީ 31 ވަނަ ދުވަހާއި ފެބްރުއަރީ 1 ވަނަ ދުވަހު ހަވީރު 3:00 އިން 6:00 އަށް ހިތަދޫ ސިޓީ ސްކެއާ ގައެވެ.

ރަނާސް މޯލްޑިވްސް އިން ބުނީ މެރެތަންގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ފައިނަލް ރަޖިސްޓްރޭޝަން ކުރިއަށް ދާ ވަގުތުތަކުގައި ޔޫތު ސެންޓަރަށް ހާޒިރުވެ ލިސްޓުގައި ނަން ހިމެނޭތޯ ޗެކްކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

މެރެތަން ފެށުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ ދެވަނަ ދުވަހު ހަވީރުއެވެ.

މުޅިން އަލަށް އައްޑޫގައި ބާއްވާ އިންޓަރނޭޝަނަލް މެރެތަންގައި ބޭރުގެ އެތުލީޓުންނާއި، ރާއްޖޭގެ ގައުމީ ފެންވަރުގެ އެތުލީޓުންވެސް ވަނީ ބައިވެރިވެފައެވެ.