އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީ އިންތިހާބުގެ ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން މިހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އީސީން ބުނީ މި ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮތް ނަމަވެސް ގުރުއަތު ނެގުމަށްފަހު ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އީސީން ބުނީ އިންތިހާބުގެ ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުމަށްފަހު، ކެމްޕެއިން ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި، އެކި ޕާޓީތަކާ، އަމިއްލަ ގޮތުން ވާދަކުރާ މީހުންނާ އެކު، ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރެއެވެ.