English Edition
Dhivehi Edition

ފްރާންސްގައި އުފައްދާ “ބޭބީބިއޯ” ގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން ޖަރާސީމު ފެނިގެން، އެ ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޭބީބިއޯ ފޯމިއުލާގެ ބައެއް ބެޗުތަކުން “ސެރެއުލައިޑް” ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިިސްޓަމް ފޯ ފުޑް އެންޑް ފީޑުގައި އާންމުކޮށްފައިވާ ކަމަށެވެ.
ސެރެއުލައިޑްއަކީ ބެސިލަސް ސީރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. އެ މައްދާ އިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ މޭނުބައިކޮށް، ހޮޑުލެވުމާއި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެން ވާ ކަމެކެވެ. އެހެންކަމުން ރައްކާތެރިވުމުގެ ފިޔަވަަޅެއްގެ ގޮތުން ރާއްޖެއަށް އެތެރެކޮށް، ވިއްކާ އަދި ބޭނުންކުރުން މަނާކޮށްފައިވަނީ
  • ބޭބީބިއޯ އޮޕްޓިމާ 1 ގެ 400 ގްރާމުގެ ބެޗު ނަމްބަރު 900932
  • ބޭބީބިއޯ އޮޕްޓިމާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 894408
  • ބޭބީބިއޯ އެޕްޓިމާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 900035
  • ބޭބީބިއޯ ކެޕްރީއާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 899014