English Edition
Dhivehi Edition
ފޮޓޯ:ވީ ނިއުސް

މެމްބަރުންތަކަކާއި ގުޅިގެން ސަރުކާރު ވައްޓާލަން ޤާނޫނާ ޚިލާފު ކަންތައްތަކެއް ރާވާފައިވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަހުމަދު ފާރިސް މައުމޫން ބަންދުކުރީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ

ކްރިމިނަލް ކޯޓަށް ފާރިސް ދޫކޮށްލުމުގެ އަމުރަކަށް އެދި ވަކީލުން ހުށަހެޅި ހެބިއަސް ކޯޕަސްގެ މައްސަލާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ފަނޑިޔާރުންގެ ޤާނޫނާއި ފުލުހުންގެ ޤާނޫނާއި މަޖިލީހުގެ ޤަވާއިދުގެ ބައެއް މާއްދާތައް ހިމަނާފައިވެއެވެ

ހަ މަހަށްވުރެ ގިނަ ދުވަސްވަންދެން މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި މައްސަލައެއްގައ ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ބަންދުން ދޫކޮށްލާފައިވާ ފާރިސް އިއްޔެ އަލުން ހައްޔަރުކޮށްފައިވަނީ އެހެން މައްސަލައެއްގެ ތުހުމަތެއްގައެވެ. ފާރިސް އިއްޔެ ހަވީރުގެ ވަގުތެއްގައި ފާރިސް ހައްޔަރުކޮށްފައިވާއިރު ފާރިސް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ