English Edition
Dhivehi Edition
ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ޕްރައިމަރީ ކުރިއަށްދިޔަ ގޮތާމެދު ހިތްހަމަޖެހިވަޑައިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއަށް ތައުރީފު ކުރައްވައިފި އެވެ.

ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޕްރައިމަރީގެ ކަންކަން ފެނިގެންދިޔައީ ވަރަށް “އުފާވެރި މަންޒަރެއް” ގެ ގޮތުގައި ކަމަށެވެ. އަދި އެހާ އޮމާންކަމާއެކު އިންތިޚާބު ބޭއްވުމަކީ އެމްޑީޕީން ދެއްކި ނަމޫނާއެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.

“އިންތިޒާމް ވެގެން ރޭވިގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތަކީ ޕާޓީ އަކަށް އެންމެ މުހިންމު އެއް ކަންތައް،” ނަޝީދު ވިދާޅުވި އެވެ.

މި އިންތިޚާބު ފެނިވަޑައިގަތުމުން މާޒީގެ ހަނދާންތައް އާވެގެންދިޔަކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބޭއްވި އިންތިޚާބު ހަނދާނަށް އަންނަ ކަމަށެވެ. އެއީ އެމަނިކުފާނު އެންމެ ފުރަތަމަ ވާދަކުރެއްވި އިންތިޚާބު ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އޮމާންކަމާއެކު އިންތިޚާބުތައް ބޭއްވުމުގެ ގާބިލްކަން އެމްޑީޕީގެ ކިބައިގައި ހުންނާނެ ކަމަށާއި، މިއަދުވެސް އެމްޑީޕީން ސާބިތުކޮށްދިނީ އެ ނަމޫނާ ކަމަށެވެ.