English Edition
Dhivehi Edition
ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތައް ފުރުން - ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

މިއަހަރު އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެޑްމިޓްކުރެވިފައިވާ ބަލި މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އާއި ގުޅިގެން ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި ޗުއްޓީގައި 7 ހާހަށް ވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްގައިވާކަން ފާހަގަކޮށް ޝަހީމް ވިދާޅުވީ، ޖުމުލަކޮށް އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އާއި ގުޅިގެން ކުރަމުން އަންނަކަމަށާއި މި މަހުގެ 10 ވަނަ ދުވަހު ބަލިމީހާ މާލެ ގެނެވޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.

އިތުރަށް ޝަހީމް ވަނީ މިކަމުގައި މޯލްޑިވިއަން އަދި އައިޖީއެމްއެޗުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ސްކޫލްތަކުގެ އަހަރީ ޗުއްޓީއާ ދިމާކޮށް ޑިސެމްބަރުމަހާއި ޖެނުއަރީމަހު ރާއްޖެއިން 7،726 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ވަނީ ގޮސްފައެވެ.