English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި ކުރިއަށް ގެންދިޔަ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ގެ ތަށި ފޭދޫ ޔުނައިޓެޑް ފްރެންޑްސްއިން އުފުލާލައިފިއެވެ.

އެ މުބާރާތުގެ ތަށި ޔުނައިޓެޑް ފްރެންޑްސްއިން އުފުލައިލީ ފައިނަލުގައި ހިތަދޫ ނެކްސަސްއާ ބައްދަލުކޮށް 2-1 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ނެކްސަސްއިން އިންނެވެ. މެޗުގެ 29 ވަނަ މިނިޓުގައި އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 6 މުހައްމަދު އާރިފެވެ.

މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނީ އެނަތީޖާގައެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ދެ ޓީމުންވެސް ގެންދިޔައީ އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މެޗުގެ 62 ވަނަ މިނިޓުގައި ޔުނައިޓެޑް ފްރެންޑްސްއިންވަނީ އެޓީމުގެ ފުރަތަމަ ލަނޑުޖަހައި އެއްވަރުކޮށްފައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 9 އަލީ ލިރުޣާމެވެ. މެޗުން މޮޅުވި ލަނޑު ޔުނައިޓެޑް ފްރެންޑްސްއިންޖެހީ މެޗުގެ 84 ވަނަ މިނިޓުގައެވެ. އެ ލަނޑު އެޓީމަށް ޖަހައިދިނީ ޖާޒީ ނަމްބަރު 11 ހަސަން ހާޒިގެވެ.

މެޗަށްފަހު ޗެމްޕިއަންޓީމަށް ތައްޓާއި، ފައިސާގެ އިނާމާއި، މެޑެލް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމާއި، ހެޕީމާކެޓުގެ އައްޑޫ މެނޭޖަރެވެ. ރަނައަޕް ޓީމަށް މެޑެއްޔާއި ފައިސާގެ އިނާމް ހަވާލުކޮށް ދެއްވީ އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފެވެ. ފައިނަލްމެޗުގެ މޮޅުން ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ފްރެންޑްސްގެ ޖާޒީ ނަމްބަރު 9 އަލީ ލިރުޣާމެވެ.