English Edition
Dhivehi Edition

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ދެވަނަ ޖާގަ އާސެނަލް ހޯދައިފިއެވެ.
ފައިނަލުގެ ދެވަނަ ޖާގަ އެޓީމުން ހޯދީ ސެމީފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީއާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބު ކޮށްގެންނެވެ.

ލީގުކަޕް ސެމީފައިނަލް ފުރަތަމަ ލެގުގައި ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމުން ކުރެ ޓީމައަކަށް ލަނޑެއް ޖެހިފައި ނުވިނަމަވެސް ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ޗެލްސީއިންނެވެ. މި ލަނޑު ފުރަތަމަ ހާފްގެ ވަރަށްކުރީ ކޮޅު ޖަހާފައިވަނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުންދާ ބެލްޖިއަމްގެ އެޑެން ހަޒާޑެވެ.

ހަޒާޑްގެ ލަނޑުން ޗެލްސީއިން ފައިނަލްގެ އުންމީދު ބޮޑު ކުރި ނަމަވެސް އާސެނަލް ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި ޗެލްސީ ސިއްސުވާލައިފައެވެ.

ރޭގެ މެޗުގައި އާސެނަލްއިން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ ޗެލްސީ ލީޑުނެގިތާ ފަސް މިނިޓް ފަހުންނެވެ. އެ ލަނޑަކީ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އަތުން ބައިކޮޅަށް ވަންލަނޑެކެވެ. އާސެނަލް މޮޅުވި ލަނޑު މެޗުގެ 60 ވަނަ މިނިޓްގައި ކާމިޔާބުކުރީ ގްރޭނިޓް ޝާކާ އެވެ.

ރޭގެ މި ނަތީޖާއާއެކު 1993 ވަނަ އަހަރުގެ ފަހުން ލީގު ކަޕް ތަށި ހޯދިފައި ނުވާ އާސެނަލް ފައިނަލުގައި ނުކުންނާއި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. އެ މެޗުކުޅޭނީ އަންނަ މަހު 25 ވަނަ ދުވަހުއެވެ. މެޗު ކުޅޭނީ އިނގިރޭސި ވިލާތުގެ އެންމެ ތާރީހީ ސްޓޭޑިއަމްގައެވެ.