Carabao Cup: Liverpool aai City 4 vana burah dhathuru kohfi - AO News
English Edition
Dhivehi Edition

Worldwide

  • 43,328,174confirmed
  • 31,900,636recovered
  • 10,268,529active
  • 1,159,009deaths

Maldives

  • 11,505confirmed
  • 10,524recovered
  • 944active
  • 37deaths

ކޮވިޑް 19 ކަވަރޭޖް

1 މަސް ކުރިން
ލިންކަން ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ލިވަޕޫލާއި، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ލިވަޕޫލުން ރަށުން ބޭރުގައި އިނގިރޭސި ތިންވަނަ ޑިވިޝަނުގެ ލިންކަން ސިޓީ އަތުން 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު، ސިޓީ ވަނީ އަމިއްލަ ދަނޑުގައި ޗެމްޕިއަންޝިޕްގައި ކުޅެމުން އަންނަ ބޯންމައުތު އަތުން 2-1 އިން މޮޅުވެފައެވެ.

Advt

Advertisement

ލިންކަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗަށް ލިވަޕޫލުން ނިކުތީ އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންނާ ނުލައި ކަމަށްވީ ނަމަވެސް، ނިސްބަތުން ވަރުގަދަ ޓީމަކާއެކު އެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން، ކާޓިސް ޖޯންސް ދެލަނޑު ކާމިޔާބުކޮށްދިންއިރު އަނެއް ދެ ލަނޑުޖަހައިދިނީ ޒެރްދާން ޝަކީރީ އާއި ޓަކޫމީ މިނަމީނޯ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި މިނަމީނޯ ވަނީ އިތުރު ގޯލެއްޖަހައި، ލިވަޕޫލަށް ފަސް ލަނޑުގެ ލީޑެއްނަގައިދީފައެވެ. މި މެޗުގައި ލިންކަން އިން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ ޓާޔޯ އެޑުން އާއި ލުވިސް މޮންޓްސްމާ އެވެ. ލިވަޕޫލްގެ ފަހު ދެ ލަނޑުޖަހައިދިނީ މާކޯ ގްރުޔިކް އާއި ޑިވޮކް އޮރީގީ އެވެ.

އެތިހާދު ސްޓޭޑިއަމްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ސިޓީ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ޒުވާން ފޯވާޑް ލިއާމް ޑެލަޕް ޖެހި ގޯލާއެކު ލީޑްނަގާފައިވަނިކޮށް ބޯންމައުތުގެ ސޭމް ސަރިޖް ނަތީޖާ ހަމަހަމަކުރިއެވެ. އޭގެފަހުން ފަހު ހާފުގައި ސިޓީ މޮޅުވި ލަނޑުޖަހައިދިނީ އަރަމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ސިޓީ އަށް ކުޅުނު ދެ މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލެވެ.