English Edition
Dhivehi Edition

ސްޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމްކޮށްފިނަމަ، ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދުއެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނާ، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނާ، ނުހައްގުން މުއްސަނދިވެފައިވާ މީހުންނަށް ހަރުކަށި އަދަބުތައް ދިނުމަށް ވަނީ ހުށަހަޅާފައެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިސްލާހުތަކެއް ގެނެސްފައިވާއިރު ވމަސްތުވާތަކެތީގެ ގާނޫނު އިސްލާހުކުރުމަށް ފާސްކޮށްފައިވަނީ، 65 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ދެއްވާފައެއް ނުވެއެވެ.

މި އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ދެނީ، ތިން ހާލަތަކަށް ފެތޭ ބުރަދަން ހުރި މައްސަލަތަކުގަ އެވެ. އެގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނަބިސް ކަމުގައިވުން އެތެރެކުރުން، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން އެތެރެކުރުމެވެ. މީގެ އިތުރުން ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއްނަމަ، 100 ގްރާމަށްވުރެ އިތުރު އަދަދަކަށް އެތެރެކޮށްފި ނަމައެވެ.

މީގެ އިތުރުން އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.