English Edition
Dhivehi Edition
ޗައިނާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ކޮމްޕޯސަރު ހޫ ޔަންބިން (ޓައިގާ ހޫ) އާއި އެކްޓްރެސް ޔީ މެންގްލިން ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގަ

ޗައިނާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ކޮމްޕޯސަރު ހޫ ޔަންބިން (ޓައިގާ ހޫ) އާއި އެކްޓްރެސް ޔީ މެންގްލިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. މި ދެ ތަރިން އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފައެވެ.
މި ދެ ތަރިން ރާއްޖޭގެ ހިތްގައިމު މާހައުލުގައި ވަރަށް ލޯބިން ވަގުތު ހޭދަކުރަމުންދާ ތަން މި ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނެއެވެ. އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މި ދެ ތަރިންގެ ރާއްޖެ ދަތުރުގެ ވާހަކަ ވަރަށް ބާރަށް ދެކެވެމުން އަންނައިރު، ގިނަ ބަޔަކު އަންނަނީ މިކަމާ ގުޅޭގޮތުން ޝުއޫރު ފާޅުކޮށް ވާހަކަ ދައްކަމުންނެވެ.
މި މަޝްހޫރު ޖޯޑުގެ ދަތުރާ އެކު، ދުނިޔޭގެ ސަމާލުކަން އަނެއްކާވެސް ވަނީ ރާއްޖެއަށް ހުއްޓިފައެވެ. މިއީ މަޝްހޫރު ފަންނާނުންނާއި ތަރިން ޗުއްޓީ ހޭދަކުރުމަށް އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އަބަދުވެސް އޮންނަކަން ހާމަވެގެންދާ ކަމެކެވެ.