English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފަހުޖާގަ ހިތަދޫ ނެކްސަސް ހޯދައިފިއެވެ.

ސެމީފައިނަލުގެ ދެވަނަ މެޗުގައި މަރަދޫފޭދޫ އެފްސީއާ ބައްދަލުކޮށް އެޓީމް ފައިނަލަށް ދަތުރުކުރީ 2-0 ލަނޑުން މަރަދޫފޭދޫ އެފްސީ ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ނެކްސަސްއިން ކާމިޔާބުކުރީ މެޗުގެ 44 ވަނަ މިނިޓުގައެވެ. އެލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 12 މުހައްމަދު ދާނިޝްއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-0 އިން ނެކްސަސް ކުރީގައި އޮވެގެންނެވެ.

ނެކްސަސްގެ ދެވަނަ ލަނޑުޖެހީ މެޗުގެ 62 ވަނަ މިނިޓުގައެވެ. އެ ލަނޑުޖެހީ އެޓީމުގެ ޖާޒީ ނަމްބަރު 7 ހަސަން ރާއިފް އަހުމަދެވެ. ފައިނަލުގައި ނެކްސަސް ބައްދަލުކުރާނީ ފޭދޫ ޔުނައިޓެޑް ފްރެންޑްސްއާއެވެ. އެ ޓީމް ފައިނަލަށް ދިޔައީ މެޖެންޓާއާ ބައްދަލުކޮށް 2-1 ލަނޑުން މޮޅުވެގެންނެވެ. ފައިނަލް މެޗު އޮންނާނީ މިމަހު 26 ވަނަދުވަހު ހަވީރު ފޭދޫ ފުޓުބޯޅަ ދަނޑުގައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. މީޑިއާ ޕާޓުނަރަކީ އޭއޯ ނިއުސް އެވެ. މިއީ އައްޑޫގައި ފުޓުބޯޅު ކުޅުންތެރިން އުފައްދައި އާލާކުރުމަށް ދިފޭދޫ ސްޕޯޓްސްއާއި، ފޭދޫ ޒުވާނުން ގުޅިގެން ބާއްވާ މުބާރާތެކެވެ.