English Edition
Dhivehi Edition

ރައްޔިތުން އިއްތިހާދަކަށް ވޯޓުދިނުމުން އިއްތިހާދު ރޫޅި ބައިބައިވާއިރު ސަރުކާރު ދެމިއޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

ސްރީ ލަންކާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ކޯލިޝަނުން ސަރުކާރެއްގައި އުފެދޭ މައްސަލަތަކުގެ ސަބަބުން ކޯލިޝަން ރޫޅިއްޖެ ނަމަ ސަރުކާރު ވެސް ރޫޅޭގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭކަމަށެވެ.އަދި ގުޅިފައި އޮންނަ ސަރުކާރު ދިފާއުކުރަން ގާނޫނުއަސާސީ އަށް އިސްލާހެއް ގެންނަން ޖެހޭ ކަމަށާއި ކޯލިޝަން ސަރުކާރެއް ރޫޅުނަ ނުދީ ހިފެހެއްޓޭނެ ހަމަ އެކަނި ގޮތަކީ ގާނޫނުއަސާސީ ބަދަލު ކުރުން ކަމުގައި ނަޝީދު ވިދާޅުވިއެވެ

ގުޅިފައިވާ ޕާޓީތަކުން އިންތިހާބަށް މިހާރު ކުރަމުން އަންނަ މަޝްވަރާތަކާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މަޝްވަރާ ކުރަމުންދަނީ ކެނޑިޑޭޓަކު ކަޑައެޅުމަށް އެކަނި ނޫންކަމަށާއި އިއްތިހާދީ ސަރުކާރެއް ހިފަހައްޓާނެ ގޮތަކާމެދުވެސް މަޝްވަރާކުރަމުންދާ ކަމަށެވެ