English Edition
Dhivehi Edition

ސިޔާސީ ލީޑަރަކަށް ވުމުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ

ވިލާ ގުރޫޕުގެ ރިސޯޓުތަކުގައި ކަސްޓަމްސްއިން ހިންގާ އޮޕަރޭޝަންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ލައިސަންސް ބާތިލުކޮށްފައި ވަނިކޮށް ރާ ސަޕްލައި ކުރުމަކީ މަކަރާ ހީލަތް ހެދުންކަމުގައެވެ. އަދި ވިޔަފާރިކުރާ ބައެއް ނަމަ ޖީއެސްޓީއާއި ގްރީން ޓެކްސްއާ ދައްކަން ޖެހޭނެކަމަށާއި ގާނޫނާ ހިލާފު އަމަލެއް ހިންގާފައިވާ މުދަލެއް ނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.މީގެ އިތުރުން އާޒިމާ ވިދާޅުވީ ވސިޔާސީ ލީޑަރަކަށް ވެގެން ގާނޫނު އެމީހެއްގެ މައްޗަށް ނުހިނގާނަމަ ކޮންމެ މީހަކުވެސް ސިޔާސީ ލީޑަރަކަށް ވެގެން ހުންނަންވީ ކަމުގައެވެ

ވިލާ ގުރޫޕުން ދައުލަތައް ދައްކަންޖެހޭ ފައިސާއާއި ބެހޭގޮތުން ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ އެ ގުރޫޕުން ނަގާފައިވާ އެކިއެކި ރަށްރަށަށް ދައްކަން ޖެހޭ ކުއްޔާއެކު 2.9 ބިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށާއި އެއީ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ 13.3 ޕަސެންޓްކަމަށެވެ

މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާއިރު އާޒިމާ ވަނީ ގާސިމް ދައުލަތަށް ދައްކަވަން ޖެހޭ ފައިސާއިން ރައްޔިތުންގެ ކިތައް ބަނދަރާއި ކިތައް ނަރުދަމާއާ އެޅޭނެ ފައިސާތޯ ވިދާޅުވެ އެކަމަށް ވިސްނާލުމަށް ގޮވާލާފައެވެ