English Edition
Dhivehi Edition

ސަރުކާރުން ގާނޫނުއަސާސީ ތަންފީޒު ކުރާނެ ކަމަށާއި، ދައުލަތުގެ ޒިންމާއަކީ ދައުލަތުގެ ހުރިހާ ބާރެއް ތަންފީޒު ކުރުން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ

އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުން ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ހިލާފަށް ނެރުނު އަމުރެއް ކަމށާއި ގާނޫނުއަސާސީއާ ހިލާފަށް ނެރޭ އަމުރު ތަންފީޒު ނުކުރާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ރައްކާތެރިކަން އޮތީ މަގުމަތި ބެލެހެއްޓިގެން ކަމަށްވާތީ އެކަން ފުލުހުންނާއި ސިފައިން ކުރާނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން އާޒިމާ ވިދާޅުވީ ސަރުކާރު ހިމޭނުން އޮތުމަކީ ނުކެރުމެއް ނޫން ކަމަށާއި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގާސިމް ދައުލަތަށް ދައްކަންޖެހޭ ފައިސާ ހަރަދު ކުރަމުންދަނީ ވެރިކަން ވައްޓާލުމަށްކަމަށެވެ. މިރޭގެ ބައްދަލުވުމުގައި، ބޮޑު16 ގެ ދެވަނަ ރޭ ވެސް ކަމެއް ނުވެއްޖެނަމަ ދެން އެ ހަރަކާތްތައް ހުއްޓާލަން އިދިކޮޅު ފަރާތްތަކަށް ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރ ނިހާން ހުސެއިން މަނިކު ގޮވާލައްވައިފިއެވެ