English Edition
Dhivehi Edition

ވިޔަފާރިވެރިންނަށް ދަތިކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި ރައީސް ޔާމީނަކީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދޭ ބެފުޅެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ

ގާސިމްގެ ހަތަރު ރިސޯޓެއްގައި ހުރި ބަނގުރާ ގަވައިދާ ހިލާފަށް ގެންގޮސްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވަމުން ހަލީލް ވިދާޅުވީ މި ސަރުކާރުން ޤާނޫން ތަންފީޒުކުރުމަށް ވަކި ގިންތިއަކަށް އަދި ވަކި ކުލައަކަށް ނުބަލާނެކަމުގައެވެ. ‘ސަން’ އަށް މައުލޫމާތު ދެމުން ހަލީލް ވިދާޅުވީ މި ސަރުކާރުން ޒުވާނުންނަށްވެސް ވިޔަފާރި ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިކޮށްދީފައިވާކަމަށާއި ބޭރުގެ އިންވެސްޓަރުނަށް ރާއްޖޭގައި ވިޔަފާރި ކުރުމަށް ދޭ ފުރުސަތުތައް ވެސް އިތުރުވެފައިވާކަމަށެވެ

މީގެ އިތުރުން ހަލީލް ވިދާޅުވީ ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅެން ހިއްވަރުދޭ މީހުންނާއި ގައުމަށް ގައްދާރު މީހުން ބަލިކުރާނީ ރައްޔިތުން ނުކުމެ ކަމަށެވެ