English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ދީދީގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑު އެހުމެއް މިއަދު ހަވީރަށް ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ކުރާ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައިވަނީ މިއަދު 15:00 އަށެވެ.

މެންބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ކުރިން ވެސް އެ ދައުވާ އުފުލާފައިވެއެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގޮސްފައިވަނިކޮށް މައްސަލަ އަނބުރާ ގެންދިޔައީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ކުރީގެ ކާނަލް މުހައްމަދު ޒިޔާދާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރި ދައުވާ ކާމިޔާބު ނުވުމުންނެވެ. އެ މައްސަލަ އަނބުރާ ގެންދިޔައީ މެމްބަރު އިބްރާހިމްދީދީގެ ބަލި ހާލަތު ހުރި ގޮތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމާ ގުޅިގެން އިތުރަށް ކުރިއަށް ނުގެންދެވިފައި އޮއްވައެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި އިބްރާހީމް ދީދީގެ މައްޗަށް ކުރާ ދައުވާ ކޯޓަށް ފޮނުވާފައިވަނީ މިދިޔަ 2017 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.