ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ “އަމިއްލަ ނަފްސު ބިނާކުރުމުގެ ޕްރޮގްރާމް” އަކީ ޕަރސަނަލް ޑިވެލޮޕްމަންޓް ޓްރެއިނިންގ އިންސްޓިޓިއުޓާއި ކުއޭރޯ ގައިޑަންސް ސެންޓަރު ގުޅިގެން، އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ސިލްސިލާ ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށް ގެންދަވަނީ މަރިޔަމް މުޙައްމަދު އަދި ސަމާ އިބްރާހީމް ދީދީއެވެ. މަރިޔަމަކީ އޮފީސްތަކުގެ ތަމްރީނު، ކޯޗިންގ ސެޝަން އަދި މޯޓިވޭޝަނަލް ސްޕީޗްތައް އެކި ޕްލެޓްފޯމުތަކުގައި ނަންގަވައިދެއްވާ ތަޖުރިބާކާރެކެވެ. ސަމާއަކީ އެކިއެކި މުއައްސަސާތަކަށް އޮފީސްތަކުގެ ތަމްރީނު، ކޯޗިންގ އަދި ކައުންސެލިންގ ޚިދުމަތް ފޯރުކޮށްދެއްވާ ފަންނުވެރިއެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:
ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު ދެވަނަ ސެޝަން އޮންނާނީ މި އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ގެ ރޭ 20:30 އިން 22:30 އަށް، ސީދާ ބައްދަލުވުމެއްގެ ގޮތުގައެވެ. މި ސެޝަންގެ މައުޟޫ އަކީ ” ބަދަހި ގުޅުމެއް އުފެއްދުން ” އެވެ. ސެޝަންގައި ބައިވެރިވުމުގެ ފީއަކީ އެއް ބޭފުޅަކަށް 350 ރުފިޔާ އަދި ދެ ބޭފުޅަކަށް 450 ރުފިޔާއެވެ. މި ސިލްސިލާގެ އިތުރު ހަތަރު ސެޝަން ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ.
މިފަހަރުގެ ޕްރޮގްރާމްގައި ބައިވެރި ވަޑައިގަތުމަށް މި ލިންކުގައިވާ ފޯމު ފުރިހަމަ ކޮށްލަން ޖެހޭނެއެވެ. https://forms.gle/uuE4zciESQ2Yxqjw7
އަދި ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7811511 މި ނަމްބަރުން އެ މައުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.