English Edition
Dhivehi Edition

ރާއްޖޭގެ މަޝްހޫރު ވިޔަފާރިކުންފުންޏެއް ކަމަށްވާ ހެޕީމާކެޓުން އިންތިޒާމުކޮށްގެން ބޭއްވި އައްޑޫގެ ވިޔަފާރިވެރިންގެ ރޯދަވީއްލުން ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖުގައި ބާއްވައިފިއެވެ. އީކުއޭޓަރ ގައި އިއްޔެ ބޭއްވި މި ރޯދަ ވީއްލުމުގައި އައްޑޫގެ ވިޔަފާރިވެރިންގެ އިތުރުން އައްޑޫގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެލައްވަވާފައެވެ. މުޅި އެކު 300 ފަރާތަކަށް ދައުވަތު އަރުވައިގެން ބޭއްވި މި ރޯދަވީއްލުމަށް ބޮޑު ތަރުހީބެއް ވިޔަފާރިވެރިންގެ ފަރާތުން ވަނީ ލިބިފައެވެ. އެކުންފުނީގެ ސީއީއޯ އަލީ އިޙްސާން ވިދާޅުވީ ހެޕީމާކެޓުން އިންތިޒާމުކޮށްގެން ކުރިއަށް އޮތްތަނުގައި ކޮންމެ ރަމަޟާން މަހަކަށް ޚާއްޞަކޮށްގެން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދަވާނެކަމަށެވެ. “މިފަދަ އިވެންޓެއް ބޭއްވުމުގެ މަގްޞަދަކީ އައްޑޫގެ ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުކޮށް ވިޔަފާރީގެ ތަފާތު އެކިކަންކަމާ ގުޅޭ ގޮތުން ޚިޔާލުބަދަލުކޮށްލާނެ މާހައުލެއް ހޯދައިދިނުން” އިޙްސާން ވިދާޅުވިއެވެ. ހެޕީމާކެޓްގެ ސީއީއޯ އަލީ އިޙްސާނަކީ މީގެ ކުރިން އެމްއެންޑީއެފްގައި ވަޒީފާ އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ކެޕްޓަން އަލީ އިހުސާން ސިފައިންގެ ވަޒީފާއިން އަމިއްލައަށް ވަކިވެ ލައްވަވައިގެން މިހާރު ގެންދަވަނީ ހީވާގިކަމާއެކު އާއިލީ ވިޔަފާރި ހިންގަވަމުންނެވެ. އައްޑޫސިޓީގެ ފޭދޫ ވިޔަފާރިވެރިއެއް ކަމަށްވާ މުޙައްމަދު ނައީމުގެ ހެޕީމާކެޓް ކުންފުންޏަކީ އައްޑޫގެ އިތުރުން މުޅި ރާއްޖެއަށްވެސް މަޝްހޫރު ކުންފުންޏެކެވެ. އައްޑޫސިޓީގައި ވަކިން ޚާއްޞަކޮށް ފޭދޫގައި ކުރިއަށް ގެންދާ އިޖުތިމާއީ ގިނަ ހަރަކާތްތަކަށް ހެޕީމާކެޓުން އަބަދުވެސް ގެންދަނީ ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ިއތުރުން ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ނައީމު އަމިއްލަފުޅަށް އިސްނަންގަވައިގެން ފޭދޫގެ ކޮންމެ ރަމަޟާން މަހެއްގައި ފޭދޫގެ ހުރިހާ ގެއަކަށް ދެއްވަވާ ރޯދަ ހަދިޔާއަކީ ގިނަބަޔަކު ފާހަގަކުރާ ކަމެކެވެ. ހެޕީ މާކެޓް ފިހާރަތަަކަކީ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވަރަށް ހެޔޮ އަގުގައި ހޯލްސޭލްކޮށް އަދި ރީޓޭއިލްކުރާ އަދި އަބަދުވެސް އަގުތައް އެއްފެންވަރެއްގައި ހިފަހައްޓައިގެން ވިއްކަމުން ގެންދާ، ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ ފިހާރަތަކެކެވެ.