English Edition
Dhivehi Edition
ހެޕީމާކެޓުން މިއަދު ހިތަދޫގައި ހުޅުވި އައުޓްލެޓް: ފޮޓޯ އޭއޯ ނިއުސް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އިމްޕޯޓްކޮށް ވިއްކާ ‘ހެޕީ މާކެޓް’ އިން ރަމަޟާން މަހާއި ދިމާކޮށް އެ ކުންފުނީގެ އައުޓްލެޓެއް އައްޑޫސިޓީގެ ހިތަދޫގައި ހުޅުވައިފިއެވެ.

ހިތަދޫ ބޮޑުމަގުގައި މިއަދު ހުޅުވި އެ އައުޓްލެޓް ރަސްމީކޮށް ހުޅުވައިދެއްވީ، ހެޕީމާކެޓްގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ނައީމުއެވެ. މިއަދު ހިތަދޫގައި ހުޅުވި އައުޓްލެޓާއެކު ހެޕީމާކެޓުން ރާއްޖޭގައި ހުޅުވާފައިވާ އައުޓްލެޓް ތަކުގެ އަދަދު ވަނީ 11 އަށް އަރާފައެވެ.

އައްޑޫސިޓީގެ ފޭދޫގައި ހުންނަ ޑިސްޓްރިބިއުޓް ސެންޓަރުން މިހާރުވެސް އައްޑޫގެ ގިނަ ވިޔަފާރިވެރިންނަށް މުދާ ސަޕްލައިކޮށްދެމުން އަންނަ އިރު ހިތަދޫގައި މިއަދު ހުޅުވި އައުޓްލެޓަކީ ވީހާ ވެސް ގާތުން ހިތަދޫގެ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވި އައުޓްލެޓެއް ކަމަށް ނައީމް ވިދާޅުވިއެވެ. މީގެ އިތުރުން ނައީމް ވިދާޅުވީ ހުޅުދޫ މީދޫ އަށް ވެސް މުދާ ސަޕްލައި ކުރަމުން އަންނަ ކަމަށާއި މުސްތަގުބަލުގައި އެ އަވަށުގައި ވެސް ހެޕީމާކެޓްގެ އައުޓްލެޓެއް ހެދުމަކީ އުއްމީދު ކަމަށެވެ.

މިހާރުވެސް ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ހެޕީމާކެޓްގެ އައުޓްލެޓްތަކުން ވިޔަފާރިވެރިންނަށް ގާތުން ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު މާލެ، ހުޅުމާލެ ، ވިލިމާލޭގެ އިތުރުން ހިންމަފުށްޓާއި ކުޅުދުއްފުށި އަދި އައްޑޫގައި އެކުންފުނީގެ އައުޓްލެޓްތައް ވަނީ ގާއިމު ކޮށްފައެވެ. އަދި ކާރި މުސްތަގުބަލެއްގައި ގދ. ތިނަދޫގައި އައުޓްލެޓެއް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެޕީމާކެޓުން ބުނެއެވެ.

ރާއްޖޭގެ ކާބޯތަކެތީގެ ސިނާއަތުގައި 29 އަހަރު ހެޕީ މާކެޓުން ވޭތުކުރި އިރު ، ހެޕީ މާކެޓު ޚާއްޞަ ވަނީ ކަސްޓަމަރުން ގަޔާވާ ފަދަ ކާބޯތަކެތި އެތެރެކުރާ ތަނެއްގެ އިތުރުން އެންމެ ފެންވަރު ރަނގަޅު ތަކެތި ލިބޭ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި އަލަށް ތައާރަފް ކުރާ، ކޮލިޓީ ރަނގަޅު މުދާ ހެޔޮ އަގުގައި ރާއްޖެއިން ލިބޭނެ ގޮތް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ހެޕީމާކެޓުން އަންނަނީ ދުނިޔޭގެ ހުރިހާ ބައްރަކުން ރާއްޖެއަށް މުދާ އިމްޕޯޓުކުރަމުންނެވެ.