English Edition
Dhivehi Edition

ހެޕީމާރކެޓްގެ ސީއީއޯ އަލީ އިހްސާން ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވަސިޓީ އިން ޕްރޮފެޝަނަލް ޑޮކްޓޯރަލް ސެޓްފިކެޓް (ޕީޑީސީ) ހާސިލް ކުރައްވައިފިއެވެ.

އިހްސާން ޕީޑީސީ ހާސިލް ކުރައްވާފައި ވަނީ ގްލޯބަލް ލީޑާޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިންނެވެ. އިހްސާން ޕީޑީސީ ހާސިލް ކުރެއްވި ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވަސިޓީ އަކީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ ޔުނިވަސިޓީއެކެވެ. އެއީ އޭސީއައިސީ އިން އެއްވަނަ ދަރަޖައިގައި ރޭންކް ކޮށްފައިވާ ޔުނިވަސިޓީއެކެވެ.

އިހްސާން ވަނީ އެމެރިކާގެ ވެސްޓް ޕޮއިންޓް މިލިޓަރީ އެކަޑެމީ އިން މިލިޓަރީ އާޓްސް އެންޑް ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީން ބެޗްލާސް ޑިގްރީ ވެސް ހާސިލް ކުރައްވާފައެވެ. އަދި އިހުސާން ވެފައި ވަނީ ވެސްޓް ޕޮއިންޓް މިލިޓަރީ އެކަޑެމީގައި ފުރަތަމަ ކޮމާންޑް ކުރެއްވި ބޭރުގެ ދަރިވަރަށެވެ.

ސިންގަޕޫރުގެ ނަންޔަންގ ޓެކްނޮލޯޖިކަލް ޔުނިވަރސިޓީއިން ބިޒިނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ވެސް އިހުސާން ވަނީ 2016 ވަނަ އަހަރު މާސްޓަރސް ފުރިހަމަކުރައްވާފައެވެ.

އިހްސާން ފާހަގަ ކުރެވެނީ ރާއްޖޭގެ އިޖުތިމާއީ އަދި ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާއި ގުޅޭ ގޮތުން ފަހަކަށް އައިސް ހިޔާލު ފާޅުކުރާ ބޭފުޅެއްގެ ގޮތުގައެވެ.

އޭއޯނިއުސް އިން ޢަލީ އިޙްސާންގެ ކާމިޔާބީއަށް މަރްޙަބާކިޔަމެވެ.