ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރަށް އައި ބަދަލުތަކާއެކު، މިހާރު ރާއްޖޭގެ ވިޔަފާރި ހާލަތަށް ބެލުމަށް ފަހު ރައްޔިތުންނަށް ލުއި ގެނެސް ދިނުމުގެ ގޮތުން، ހެޕީމާކެޓުން ވިއްކަމުންގެންދާ ކުކުޅު ހޯލް ސޭލްކޮށް ގަންނަ ފަރާތް ތަކަށް ވަރަށް ބޮޑު ތަން އަގު ހެޔޮކޮށްފިއެވެ. އެގޮތުން މިހާރު އެތަނުން ވިއްކާ ކުކުޅު ކިލޯއެއްގެ އަގަކީ 33 ރުފިޔާއެވެ.
ހެޕީމާކެޓުން ބުނީ މިހާރު ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި އަގުތައްވަނީ ހިފެހެއްޓިފައިކަމަށާއި ދުނިޔޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓެނީ ކަމަށްވަނީ ނަމަ، މިއަގުތައް މިއަންނަ އަހަރު ރޯދަމަސް ނިމެންދެން ހިފަހައްޓާނެކަމަށެވެ. އަދި ބައިނަލް އަގުވާމީ ބާޒާރުގައި އަގު ރަނގަޅުވަމުންދާ ނަމަ އެކަން އެގޮތަށް ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެކަމަށް ވެސް ހެޕީމާކެޓުން ބުނެއެވެ.
ހެޕީމާކެޓުން ގަނޑުކުރި ކުކުޅުގެ 5 ސައިޒެއް ހޯލްސޭލް ކުރަމުންދެއެވެ. އެއީ 800ގމ، 900ގމ، 1000ގމ، 1200ގމ، 1400ގމ ލިބެން ހުރެއެވެ.
ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކީ ހެޕީމާކެޓުން ވިއްކާ ކާބޯތަކެތީގެ ވިޔަފާރި ކުރެވޭނެގޮތް ހެދުމުގެ ގޮތުން، މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ އަދި ކުޅުދުއްފުށީ ސިޓީގައި ހުންނަ ހެޕީމާކެޓްގެ ފިހާރަތަކުން ގަނޑުކޮށް މުދާ ގަންނަ ފަރާތްތަކަށް އިތުރު އަގަކާއިނުލާ ޑެލިވަރީގެ ޚިދުމަތް ދެއެވެ.. މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަން ބޭނުންވާ ނަމަ، ހެޕީމާކެޓަށް 7993523 ގުޅުމުން އޯޑަރު ނަގައިދީ ރަށު ބޯޓަށް ޑެލިވަރީގެ ޙިދުމަތްވެސް ދެމުން ގެންދެއެވެ.
ރަށްރަށުގެ ވިޔަފާރިވެރިންނަށް މާލެ ނައިސް، ފަސޭހަކަމާއި އެކީ، ފިނިކުރި ކާބޯތަކެތި އޭގެ އެންމެ ތާޒާކަންމަތީ ފޯރުކޮށްދިނުމުގެ ގޮތުން، މެދުރާއްޖޭގެ ރަށްތަކަށް މާލެ އަދި ހުޅުމާލޭގައި، ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އައްޑޫ ސިޓީގައި އަދި އުތުރުގެ ރަށްތަކަށް ކުޅުދުއްފުށީ ސިޓީގައި ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރުތައް ވަނީ ޤާއިމްކުރެވިފައެވެ. މި ޑިސްޓްރިބިއުޝަން ސެންޓަރު ތަކުން ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް ލިބޭނެ ކަމަށް ވެސް ހެޕީމާކެޓުން ބުނެއެވެ.
ހެޕީމާކެޓުން ދަނީ ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ވަރަށްގިނަ ޕްރޮޑަކްޓްތަކެއްގެ އަގު ހެޔޮކޮށް ވިއްކާފައެވެ. އެގޮތުން މިދިއަ އަހަރު ރޯދަމަހާއި ދިމާކޮށް ކުކުޅު، ކުކުޅުގެ ބައިތައް، އަސްދޫނި، ހިކި ކިރުގެ އަގު ހެޔޮކޮށްފައިވެއެވެ. އަދި މިއަންނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށްވެސް ގިނަ ބާވަތުގެ މުދާ އަގުހެޔޮކުރެވޭނެ ކަމަށް އެފަރާތުން ހާމަކުރައްވައެވެ.