English Edition
Dhivehi Edition

މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށް ހެޕީ މާކެޓުން ވިއްކާ ފިނިކުރި ކުކުޅުގެ އަގު ހެޔޮކޮށް އާ ޕްރޮޑަކްޓްސް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމުގައި އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އިމްޕޯޓްކޮށް ވިއްކާ ‘ހެޕީ މާކެޓް’ ގެ އައްޑޫސިޓީ ފޭދޫ އަދި ހިތަދޫގެ ފިހާރައިން ފިނިކުރި ކުކުޅު ގަންނަން ލިބެން ހުންނާނެ ސައިޒުތަކަކީ 800ގ، 900ގ، 1000ގ، 1200ގ އަދި 1400ގ އެވެ.

އައްޑޫ ސިޓީގައި ހުންނަ ހެޕީމާކެޓްގެ ދެ ފިހާރައިންވެސް އަގުހެޔޮކޮށް ކުކުޅު ވިއްކަން ފަށާއިރު ދުނިޔޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓެނީނަމަ ރަމަޟާންމަސް ނިމެންދެން ފިނިކުރި ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފަހައްޓާނެ ކަމަށާއި އަދި ކުރިއަށް އޮތްތާގައި އެހެން ބައެއް ޕްރޮޑަކްޓް ތަކުގެ އަގުތައްވެސް ކުޑަކުރާނެ ކަމަށް ހެޕީމާކެޓުން ހާމަކުރެއެވެ.

މީގެ އިތުރުން ރޯދަމަހަށް ޚާއްޞަކޮށް އައު ޕްރޮޑަކްޓްތަކެއްވެސް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވެއެވެ. އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ފޯޗިއުން ބުރޭންޑްގެ 2 ޕްރޮޑަކްޓަކާއި ޖަރުމަންވިލާތުގެ އެފެއްދުމެއް ކަމަށްވާ އޮލްޑަންބާގާގެ 5 ޕްރޮޑަކްޓެއް ތަޢާރަފް ކުރާނެ ކަމަށް ހެޕީމާކެޓުން ވަނީ ހާމަކޮށްފައެވެ.

އަލަށް ތަޢާރަފް ކުރެވޭ މި ޕްރޮޑަކްޓްތަކަކީ ރޯދަމަހު ކާއެއްޗެހި ތައްޔާރުކުރުމަށް ވަރަށް ގިނައިން ބޭނުން ކުރާނެ ޕްރޮޑަކްޓްތަކަކަށް ވެގެންދާނެއެވެ.

ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް އައްޑޫ ސިޓީގެ ރައްޔިތުންނަށް، ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ހެޕީމާކެޓްގެ ފޭދޫ އަދި ހިތަދޫ ފިހާރައިން ލިބޭނެކަމަށް އެފަރާތުން ހާމަކުރެއެވެ.