English Edition
Dhivehi Edition
ބޮލީވުޑްގެ އެކްޓްރެސް ދިޝާ ޕަޓާނީ

ބޮލީވުޑްގެ އެކްޓްރެސް ދިޝާ ޕަޓާނީގެ ގެއަށް ބަޔަކު ބަޑި ޖަހައިފިއެވެ.

އިންޑިއާގެ މުމްބާއީގައި ހުންނަ ދިޝާގެ ގެއަށް ބަޔަކު ބަޑި ޖެހީ އިއްޔަ ރޭ ފަތިހުގެ ވަގުތެއްގައެވެ. ބޭރުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މޫނު ނިވާކޮށްގެން ތިބެ، ސައިކަލެއްގައި އެ ގެ ކައިރިއަށް ދިޔަ ދެ މީހަކު ވަނީ ގޭގެ ބޭރު ފާރުގެ އެކި ތަންތަނަށް 10-12 ފަހަރު ބަޑި ޖަހައިފައެވެ.

އެ ހަމަލާ ދިން ވަގުތު އެ ގޭގައި އުޅެނީ ދިޝާގެ ކޮއްކޮ ޚުޝްބޫ ޕަޓާނީ އާއި އޭނާގެ ބައްޕަ ޖަގްދީޝް ޕަޓާނީ އަދި މަންމަ ޕަދްމާ ޕަޓާނީއެވެ. އެހެންނަމަވެސް އެ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާކަމަށް ރިޕޯޓުތައް ވަނި ބުނެފައެވެ.

އި، އެ ގޭގެ އިމާރާތުގެ ބޭރުގެ އެކި ތަންތަނަށް ވަޒަން އަރާފައިވާއިރު މި ހަމަލާއާ ގުޅިގެން އެ އާއިލާއަށް މިހާރު އަންނަނީ ރައްކާތެރިކަން ދެމުންނެވެ.

ހިންދޫ ދީނުގެ ހަރުކަށި ފިކުރުގެ ގޭންގެއް ކަމަށްވާ “ރޯހިތު ގޮޑާރާ-ގޯލްޑީ ބްރާރް” އިން މި ހަމަލާގެ ޒިންމާ ނަގާފައިވާއިރު، މުމްބާއީގެ ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.