English Edition
Dhivehi Edition

ގާނޫނާ ހިލާފަށް އެއްވެސް މުދަލެއް ގެންދަން އެއްބާރުލުން ނުދޭނެ ކަމަށް ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީން ބުނެފި އެވެ

ވިލާގެ ދަށުން ހިންގާ ފަސް ރިސޯޓަކަށް ކަސްޓަމްސް އާއި ފުލުހުން އަރައި ފާސްކުރި މައްސަލައާއި ގުޅިގެން ވިލާ ޝިޕިންގްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ޕެރަޑައިސް އައިލެންޑް ރިސޯޓާއި، ސަން އައިލެންޑާއި، ފަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓުގައި ހުރި ބަނގުރަލާ އޫރު މަސް ގެންދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ ކުންފުނީގެ މުދާ ހިފެހެއްޓުމުގެ ކޯޓު އަމުރެއްނެތި، ކުންފުނިން ހިންގާ އެއްވެސް ރިޒޯޓަކަށް ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން އަރައި، މކުންފުނީގެ މުދާ ގަދަ ބާރުން ގެންދިއުމަށް ކުރާ އެއްވެސް މަސައްކަތަކަށް ކުންފުނިން އެއްބާރުލުން ނުދޭނެކަމުގައެވެ. މީގެ އިތުރުން އެ ވިލާއިން ބުނެފައިވަނީ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހަމަ އެކަނި އެތަންތަން ބަލާ ފާސްކުރުމަށްކަމަށާއި އެއްވެސް އެއްޗެއް ގެންދާކަށް ކޯޓު އަމުރުގައި ބުނެފައި ނުވާކަމަށެވެ

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ކަސްޓަމްސް އިން ވިލާގެ ފަސް ރިސޯޓަކަށް އަރާ ޗެކްކޮށްފައިވާއިރު މިކަމާއި ދެކޮޅަށް އިއްޔެވަނީ މުޒާހަރާކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ކަސްޓަމުން ބުނެފައިވަނީ ވިލާ ކުންފުނީގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބާތިލްކޮށްފައިވާކަމަށެވެ