English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ކުރިން ރައީސްކަމުގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހުކުރަން މަޖިލީހަށް ހުށަހަޅަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ކުރީގެ ރައީސުންނާއި މެމްބަރުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރަމުން އަންނައިރު ރީގެ ރައީސުންނާއި ކުރީގެ މަޖިލިސް މެންބަރުންނަށްދޭ އިނާޔަތް ކުޑަ ކުރަން ފެނިވަޑައިގަންނަވާ ކަމަށް، މީގެ ތިން ދުވަސް ކުރިން ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުތައް އިސްލާހުކޮށްގެން އޭގެ ތެރެއިން ބައެއް އިނާޔަތްތައް އުނިކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ މީހުންނަށް މިހާރު ދެމުން އަންނަ ޕެންޝަން އިނާޔަތްތައް ވެސް އެއްހަމަ ކުރަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.