English Edition
Dhivehi Edition
ސިވިލް ސާވިސް މެންބަރުން ހުވާކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންނަކީ

  • މުހައްމަދު ނާސިހާ، މ. ފަލްކަންގެ،
  • ޑރ. ހުސައިން ފާއިޒް، ދަފްތަރު. ނަންބަރު 1325،
  • ޑރ. ދީބާ މޫސާ، މ. ވައިޓްބެލް،

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސާވިސް ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.