English Edition
Dhivehi Edition
އަބްދުއްރަހުމާންގެ މަރާ ގުޅޭ ގޮތުން މާޅޮހުގެ މީހަކާ ފުލުހުން މިދިޔަ އަންގާރަ ދުވަހު ސުވާލު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލަ އާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އަބްދުއްރަހްމާން އާދަމް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައި ވާކަމަށާއި، މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ސިއްހީ މަރުކަޒަކަށް އެންގީ އޭނާގެ އަންހެނުންނެވެ. އަބްދުއްރަހުމާން އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަމަށް އަބްދުއްރަހުމާންގެ އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.