English Edition
Dhivehi Edition
މަސްވެރިން

މި އޮގަސްޓު މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލަށް ސިޓީ އިން މަސް ގަންނަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯއިން މިކަން ހާމަ ކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ފުވައްމުލަށް ސިޓީގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލަށް ސިޓީ އިން މަސް ގަންނަން ފަށާނެ ކަމަށާ އޭގެ ފަހުން ދާއިމީކޮށް ފުވައްމުލަށް ސިޓި އިން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މީގެ އިތުރަށް ފުވައްމުލަށް ސިޓީގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ އެ ތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށް މިފްކޯގެ ސީއީއޯ ފަރުހަތު ވިދާޅުވިއެވެ.ފުވައްމުލަކުގައި ގާއިމް ކުރަ މަސް ޕްރޮސެސްކުރާ މަރުކަޒު ނިމުމުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން ފަރުހަތު ދެއްވިއެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިން ބާނާ މަސް އަގުއެއްނުކޮށް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރަން ޖެހުމުން މަހަށް ލިބެންވާ ހަމަ އަގު ނުލިބުމެވެ. މަހަށް ހަމައަގު ހޯދައިދިނުމަށާއި، އަގުއެއްކޮށްގެން މަސް ބޭރުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސް ޕްރޮސެސްކުރާ ތިން ކާރުހާނާއެއް ތަރައްގީކުރުމަށް ނިންމާ އެތަންތަނުގެ އަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެތަންތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.