English Edition
Dhivehi Edition
މިފްކޯ

ހުޅުމާލޭގައި އެންސިސް ފިޝަރީޒް އިން ހިންގަމުން އައި މަސް ފެކްޓްރީ ގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިފްކޯ އިން ބުނެފިއެވެ.

މިފްކޯއިން ބުނީ، ފަހުގެ މެޝިނަރީސް އިންވެސްޓް ކުރުމަށްފަހު، ދޮޅު އަހަރަށް ހުއްޓިފައި ހުރ،ި އެންސިސް ކޭނަރީގެ ޕްރޮސެސިންގް ކެޕޭސީޓީ ހޯދުމުގެ ދިރާސާތައް މިހާރު ނިމިފައިވާ ކަމަށާއި މިހާރު އެތަން ގަތުމައްޓަކައި އެންސިސްއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެންސިސް ފިޝަރީސް ކުންފުނި ވުޖޫދަށް އައީ 2002 ވަނަ އަހަރުއެވެ. އަދި 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަސް ފެކްޓްރީއެއް ގާއިމްކޮށް، އޭގެ ފަހުން “އެންޒީ” ގެ ނަމުގައި އަމިއްލަ މަސް ބްރޭންޑެއް ވަނީ ތައާރަފުކޮށްފައެވެ.

އެހެންނަމަވެސް އެންސިސް މަސް ފެކްޓްރީ ހުއްޓާލަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ކުރީ ސަރުކާރުން ކަޅުބިލަމަހުގެ ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމާއެކު އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ.