ބޭންކްތަކުން ދޫކޮށްފައިވާ ކާޑު ބޭނުން ނުކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުން ކުރެވޭ ނެޝަނަލް ކިއުއާރް ކޯޑެއް ތައާރަފް ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
އެމްއެމްއޭ އިން ބުނީ، މި ހިދުމަތް ދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމެންޓް ސިސްޓަމް “ފަވަރަ” ގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ބުނީ އަންނަ އަހަރު މި ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އޭރުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
އިތުރަށް އެމްއެމްއޭ އިން ބުނީ ނެޝަނަލް ކިއުއާރް ކޯޑާ އެކު ހުރިރާ ވެންޑަރުންނަށް ވެސް ކާޑުގެ ބަދަލުގައި އެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށާއި މިހާރު ބޭންކުތަކުން ކާޑުތަކުން ފައިސާ ދައްކާ އިރު ނަގާ ފީ ވެސް ނުނަގާނެ ކަމަށެވެ.