English Edition
Dhivehi Edition
މާލެ މަގުމަތި / ފޮޓޯ:ފަޔާޒު މޫސާ

ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވި ކާރެއް ހުއްޓުވައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައިި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން މަޑުނުކޮށް، ބާރު ސްޕީޑުގައި ހުޅުމާލޭ ފޭސް1 އާއި ފޭސް 2ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ދިއުމުން ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލާފައިވާކަމަށެވެ.

ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެފައިވާކަން ހާމަކޮށް ފުލުހުން ބުނީ ކާރު ދުއްވި ފިރިހެން މީހާއާއި، އެ ކާރުގައި އިން އަންހެން މީހާ ހައްޔަރުކޮށްފައިވާކަމަށެވެ

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.