English Edition
Dhivehi Edition

ބަޑީގެ ހަމަލާ ބަދަލު ކުރުންތަކެއްގެ ތެރެއިން، އިސްރާއިލް ސިފައިން ފަލަސްތީނު މީހަކުމަރާލައިފިއެވެ.

އިސްރާއިލް ސިފައިން މިމީހާ މަރާލާފައިވަނީ ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން ކިޔާ އަަވަށެއްގައި އެނާގެ ގޭގައި ހުއްޓައި ދިން ހަމަލާގައެވެ. ބުރާސްފަތި ދުވަހު ފަތިހުގެ ވަގުތެއްގައި ދެވުނު މި ހަމަލާގައި އިސްރާއިލް ސިފައިންގެ ދެމީހަކަށާއި ފަލަސްތީނުގެ އިތުރު މީހަކަށް ވަނީ އަނިޔާވެފައެވެ.

މި ހަމަލާގައި މަރުވެފައިވަނީ އަހުމަދު ނައްސެރު ޖައްރާރު، 22 އެވެ. އެނާގެ ގޭގައި ހުއްޓައި އިސްރާއިލު ސިފައިން ހަމަލާ ދިނީ އެމީހުންނަށް ލިބުނު ސިއްރު މައުލޫމާތެއްގެ މައްޗައް ބިނާ ކޮށެވެ. އެއީ ޖައްރާރު މިދިޔަ ހަފްތާގައި އިސްރާއިލުން ގަވާއިދާ ޙިލާފަށް ހިފާފައިވާ ބިންތަކުގައި ވަޒަންވެރިވެފައިވާ އިސްރާއިލު ރައްޔިތަކު މެރުމުގައި އެނާ ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.

މި ހަމަލާގައި ޖައްރާރު ވެސް ވަނީ އިސްރާއިލު ސިފައިންނަށް ރައްދު ހަމަލާ ދީފައިއެވެ. އިސްރާއިލް ސިފައިން ބުނާ ގޮތުގައި އެނާ ގެންގުޅެފައިވަނީ އެނާގެ އަމިއްލައަށް އުފައްދާފައިވާ ބަޑިއެކެވެ.

ފަލަސްތީނު މީޑިއާ ތައް ބުނާ ގޮތުގައި 2002 ވަނަ އަހަރު ފަލަސްތީނުގައި ހިނގި ހަމަނުޖެހުންތަކުގައި އސްރާއިލު ސިފައިން ވަނީ ޖައްރާރުގެ ބައްޕަ މަރާލާފައެވެ.

ޖައްރާރު ވެގެންދާނީ 2018 ވަނަ އަހަރު އިސްރާއިލު ސިފައިން މަރާލި ފަލަސްތީނުގެ 5 މީހާއަށެވެ.

ހުޅަނގު އައްސޭރީގައި ހަމަނުޖެހުންތަށް އިތުރުވެގެން ގޮސްފައި މިވަނީ އިސްރާއިލުގެ ވެރިރަށް ގުދުސްގެ ގޮތުގައި މިދިޔަ އަހަރު ޑިސެމްބަރު މަހު ތެރޭގައި އެމެރިކާއިން ބަލައިގަތުމުންނެވެ.