English Edition
Dhivehi Edition

ސަރުކާރުން ހިންގާ މަޝްރޫޢުތަކަކީ ކިތަންމެ ރަނގަޅު މަޝްރޫޢުތަކަކަށްވީ ނަމަވެސް، ޒަކާތުގެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ މިސްކިތްތައް ބިނާކުރުމަށާއި ދީނީ އެކިއެކި ޕްރޮގްރާމްތަކަށްވެސް ޒަކާތުގެ ފައިސާ ހޭދަ ނުކުރުވޭނެކަމުގައެވެ. ކެމްޕޭން ވައުދުތައް ފުއްދުމަށާއި ސަރުކާރުގެ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޒަކާތު ފަންޑުގެ ފައިސާ ބޭނުންކުރަމުންދާކަމަށް ދެކެވޭ ވާހަކަތައްކަށް އަލިއަޅުވާލަމުން ޑރ.މަޖީދު ވިދާޅުވީ އެ ވަހާކަތަކަކީ ހަގީގަތެއްކަމުގައިވާނަމަ އީސީސީ އިންވެސް އެ މައްސަލަ ބަލަންޖޭހެނެ ކަމަށެވެ

މީގެ އިތުރުން ޑރ.މަޖީދު ވިދާޅުވީ ޤުރުޢާނާއި ސުންނަތުގެ އަލީގައި ޒަމާނާއި ޙާލަތަށް ފެތޭ ގޮތަށް، ޒަކާތުގެ ފައިސާ ބޭނުންކުރެވޭނެ ގޮތްތައް ޖުމްހޫރު އިލްމުވެރިން ބުނެދެއްވާފައިވާކަމަށެވެ.