English Edition
Dhivehi Edition

ވޭތުވެދިޔަ 3 އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލުގައި މަޖިލީހަށް ލިޔުމުން ހުށައެޅުއްވި ޖަވާބުގައެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާއަށް ޚަރަދުކުރުމާއި ގުޅޭގޮތުން މަޖިލީހުގައި އިސްމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީއާއި ސުވަލުކުރެއްވުމަށް ހުށައެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙިމް ރަޝީދުއެވެ.

މެމްބަރު ސުވާލުކުރައްވާފައި ވަނީ، ޒަކާތު ފަންޑުން ޞިއްޙީ ދާއިރާގެ ބޭނުމަށް ނެގޭ މިންވަރާ ގުޅޭގޮތުންނެވެ. އަދި މިކަން ކުރަނީ ކޮން އުޞޫލެއްގެ ތެރެއިންކަމާއި، އަދި އެކަމަށް ޚަރަދުކުރާ މިންވަރާ ގުޅޭގޮތުންނެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ހިނގާފައިވާ ޚަރަދުގެ ތަފްސީލު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.

މި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ފުދުންތެރިކަން ނެތް މީހުންނަށް ބޭސްފަރުވާ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި 2019 ވަނަ އަހަރު އެކަމަށް 22،578،835.77 ރުފިޔާ 2020 ވަނަ އަހަރު 6،335،337 ރުފިޔާ އަދި 2021 ވަނަ އަހަރު 7،023،499 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިފައިސާ ޚަރަދުކުރަމުންދަނީ ޒަކާތުގެ ބެހެނިވެރިންނާ، އަދި ފަގީރުންނާ މިސްކީނުންނަށް ކަމަށެވެ. މިއީ އެފަދަ ކަމަކަށް ޚަރަދުކުރުމުގެ މާލީ ޤާބިލުކަށް ނެތް މީހުންނަށް ދެމުން އަންނަ އެހީއެއްކަމަށެވެ.