އައްޑޫސިޓީ ހިތަދޫގައި ހިންގަމުން އަންނަ ސޮގްނޯ މޯލްޑިވްސް ފިހާރަ ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ސާމާނު ވަގަށް ގެންގޮސްފިއެވެ.
ފަހުގެ މޮޑެން ސާމާނާއެކު ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކޮށްލެވޭ ރީތި ޑިޒައިން ތަކުގެ ސާމާނު ވިއްކާ ފިހާރައެއް ކަމަށްވާ މި ފިހާރައިން ވައްކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ސޮގްނޯ ފިހާރައިގެ ވެރިފަރާތުން ބުނީ ފިހާރަ ފަޅާލައިގެން ވައްކަން ކުރިކަން އެނގުނީ ހެދުނު ކަމަށެވެ. ފިހާރައަށް ވަދެފައިވަނީ ފުރާޅު ހަލާކުކޮށްގެން އެ ދިމާއިން ސީލިންގ ވެސް ހަލާކުކޮށްގެން ކަމަށެވެ.

ފިހާރަ ފަޅާލައި ގެންދިޔަ ސާމާނުތަކުގެ ތެރޭގައި ކޭޝް ޑްރޯވަރ އާއި އައިޕީ ކެމެރާ އަދި ބޭބީ މޮނިޓަރިން ކެމެރާއާއި ސްޕީކަރ ފަދަ ތަކެތި ވަނީ ގެންގޮސްފައި ކަމަށް ފިހާރައިގެ ވެރިފަރާތުން މި ނޫހަށް މައުލޫމާތު ދިނެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.