އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން “*929# ސުޕަ ޑީލްސް” ކެމްޕެއިން ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ، މި ކެމްޕެއިންގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފާތަކެއް ލިބޭނެ ކަމަށާއި އެ އޮފާތަކަކީ ކަސްޓަމަރުންގެ ބިހޭވިއާއަށް ބެލުމަށް ފަހު ހާއްސަކުރެވޭ އޮފާތަކެއް ކަމަށެވެ. ސުޕަޑީލްގެ އޮފާތައް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަނެއް ނުވަތަ ސައިން އަޕް ފީއެއް އެކުލެވިގެންނުވާއިރު އުރީދޫގެ ކޮންމެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ނަންބަރަކަށް ވެސް މި އޮފާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެ އޮފާއާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ، *929# ސުޕަ ޑީލްސްއާ އެކު ކަސްޓަމަރުންނަށް ލިބޭ އަގު އިތުރުވާނެ ކަމަށެވެ. އަދި، ކޮންމެ ކަސްޓަމަރަކަށް ވެސް އިތުރު ޑޭޓާ، ޑިސްކައުންޓް އަދި އުފާވެރި ސަޕްރައިޒްތަކެއް މި ކެމްޕެއިންގެ ތެރެއިން ލިބޭނެ ކަމަށެވެ،
މީގެ އިތުރުން އުރީދޫއިން ބުނީ ސުޕަ ޑީލްސްގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ހާއްސަ ހަދިޔާތައް ވެސް ހިމެނޭކަމަށާއި އަދި ލިބޭ އޮފާތައް ބަދަލު ވެސް ވާނެ ކަމަށެވެ. އަދި، ކަސްޓަމަރުންނަށް އުރީދޫ ޕޯސްޓްޕެއިޑް ނުވަތަ ޕްރީޕެއިޑް ނަންބަރުން *929# އަށް ފިތާލައިގެން ޕާސަނަލައިޒްޑް ސުޕަޑީލްތަކަށް ފަސޭހައިން ވަދެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން ޑޭޓާ އެލަވަންސް ބޮޑުކުރަން ބޭނުންވިޔަސް، އަދި އެޑް-އޮންތަކުން ޑިސްކައުންޓެއް ބޭނުންވިޔަސް، *929# ސުޕަ ޑީލްސްއިން ހާއްސްކުރެވިފައިވާ އޮފާއެއް އޮންނާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އުރީދޫން ބުނީ، *929# ސުޕަ ޑީލްސްގެ ތެރެއިން އޮފާއަކަށް ފިތާލުމާ އެކު ވަގުތުން އެ އޮފާ އެކްޓިވޭޓް ވާނެ ކަމަށެވެ.