English Edition
Dhivehi Edition

ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގެ 9 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގެ ތަހުގީގަކީ ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލަ ތަކެއްކަމަށް ފުލުހުންވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން އަންނައިރު މިފަދަ މައްސަލަތަކުގައި، ގިނަ ފަހަރަށް ކުއްޖާއާއި އާއިލީ ގޮތުން ގުޅުން ހުންނަ ފަރާތްތަކާއި، އިތުބާރު ހިފޭފަދަ މަގާމެއްގައި ތިބޭ މީހުންނާއި ގާތް ރަހްމަތްތެރިންގެ ފަރާތުން ކުރިމަތިވާ ކަންތައްތަކެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.